ކުޅިވަރު

ސްޕާސް ބަލިކޮށް، ސިޓީ ލީގް ކަށަވަރާ ގާތަށް

ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް، މެންޗެސްޓާ ސިޓީއިން މި ސީޒަނުގެ ލީގު ކަށަވަރު ކުރުމާއި ގާތަށް ޖެހިލައިފިއެވެ.

ރޭ ވެމްބްލީ ގައި ކުޅުނު މެޗު ސިޓީ ކާމިޔާބުކުރީ 1-3 އިންނެވެ. މިސީޒަނުގައި ޕެޕް ގާޑިއޯލާގެ ޓީމު ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ސީޒަނުގެ ކުރީކޮޅުގައި ވެސް ލީގު ނެގުމާއި އެންމެ ގާތީ ސިޓީ ކަމަށް ބުނެފައެވެ.

ކުޅުނު 33 މެޗުގެ ތެރެެއިން 28 މެޗު ކާމިޔާބުކޮށް އެއްވަރު ވެފައިވަނީ އެންމެ 3 މެޗުންނެވެ. އަދި ސިޓީ ބަލިވެފައިވަނީ ލީގުގައި އެންމެ ދެ މެޗުންނެވެ.

ރޭގެ މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ގެބްރިއަލް ޖީސަސް، އިކޭ ގުންޑޮގަން އަދި ރަހީމް ސްޓާލިންގއެވެ. ސްޕާސްގެ ހަމައެކަނި ލަނޑު ޖެހީ ކްރިސްޓިއަން އެރިކްސަންއެވެ.