Last Updated: June 10, 20:48
Thursday, June 11, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ކަޒިންއެެއް އަނެއްކާ ވެސް ބޮލީވުޑަށް

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ ޗޯޕްޅާގެ އިިތުރު ކަޒިންއެއް ބޮލީވުޑަށް ނިކުންނަން އަނެއްކާ ވެސް ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ ބަތަލާއަކީ މީރާ ޗޯޕްޅާ އެވެ. މިއީ ޕްރިޔަންކާ ފިޔަވައި އޭނާގެ އާއިލާ އިން ބޮލީވުޑާ ގުޅޭ ދެވަނަ ބަތަލާ އެވެ.
މީގެ ކުރިން ޕްރިޔަންކާގެ ކަޒިން ޕަރިނީތީ ޗޯޕްޅާ 2011 ވަނަ އަހަރު ފިލްމް "ލޭޑީސް ވާސަސް ރިކީ ބަލް" އިން ފިލްމީ ދުނިޔެ އަށް ނިކުމެ ގިނަ ބައެއްގެ މަގުބޫލްކަން ވަނީ ހޯދާފަ އެވެ.

އެގޮތުން މިދިޔަ އަހަރު ބޭއްވި ގިނަ އެވޯޑް ހަފުލާތަކުގައި ޕަރިނީތީ ވަނީ އެންމެ މޮޅު އާ އަންހެން ބަތަލާގެ އެވޯޑް ހާސިލްކޮށްފަ އެވެ. އަދި މިދިޔަ އަހަރު ރިލީޒްވި އޭނާގެ ދެވަނަ ފިލްމް "އިޝަގްޒާދޭ" ގައި އަދާ ކުރި ރޯލަށް ހާއްސަ ގައުމީ އެވޯޑެއް ވެސް މި އަހަރު ވަނީ ލިބިފަ އެވެ.

މީރާ ބޮލީވުޑަށް ތައާރަފް ވަނީ ވިކްރަމް ބަޓްގެ ހޮރޯ ފްރެންޗައިޒް "1920" ގެ ތިން ވަނަ ފިލްމުންނެވެ. ވިކްރަމް ވެސް ވަނީ މިކަން ކަށަވަރުކޮށް ދީފަ އެވެ. މި ފިލްމްގެ ޝޫޓިން އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

"މީރާއަކީ އެހެން ގޮތަކަށް ބުނާ ނަމަ ހަމަ ފިލްމީ ބެކްގްރައުންޑަކުން އަންނަ ބަތަލާއެއް. އޭނާއަކީ އުންމީދޫ ބަތަލާއަކަށް ވެގެން ދާނެ." ވިކްރަމް ބުންޏެވެ.