Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

އެސްއެމްއީ ލޯނަށް ވުރެ 700 އަށް ވުރެ ގިނަ އެޕްލިކޭޝަން

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ދޫކުރާ އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވިއިރު 700އަށް ވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެސްއެމްއީ ލޯނަށް ފުރުސަތު ހުޅުވާލުމުން 759 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އެސްއެމްއީ ލޯން ސްކީމްގެ ދަށުން 50 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާއިރު ވަކި ފަރުދަކަށް އެންމެ ގިނައިން ދޫކުރުމަށް ނިންމާފައިވަނީ ފަސް ލައްކަ ރުފިޔާކަމަށެވެ.

މީގެ އިތުރުން ކުންފުނި، ޕާޓްނާޝިޕް އަދި ކޯޕަރޭޓް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އާއި ހަމައަށް ލޯން ދޫކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އެސްއެމްއީ ލޯނުގެ ގޮތުގައި 38 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު އެސްއެމްއީ ލޯނު އަނބުރާ ދެއްކުމަށް ނުވަ އަހަރުގެ މުއްދަތެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފައެވެ.