Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ

އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެނަކަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެމައްސަލައިގެ އެެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައިނުވެއެވެ.

މި މައްސަލަ އާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއްގައި ބުނެފައިވަނީ އަންހެނަކަށް "މަރާލާނެ" ކަމުގެ އިންޒާރު ދިނީ ޓެކްސީ ޑްރައިވަރެއްކަމަށެވެ. އަދި ޓެކްސީ ޑްރައިވަރު ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާކަމަށްވެސް އެޕޯޓްސްޓްގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެކްސީ ޑްރައިވަރު މަރުގެ އިންޒާރު ދީފައިވަނީ މަގުމަތިން ދުއްވާފައި ދިޔަ އަންހެނަކާއި އަރައި ހަމަކޮށް "މި ގައުމުގައި ތިހެން ބުރުގާ ނާޅައި ނޫޅެވޭނެއޯ، ކިޔައި މަރުގެ އިންޒާރު ދިން ދަމަށެވެ. މި މައްސަލަ ރަސްމީކޮށް ފުލުހަށް ހުށަހެޅީ އެ އަންހެންމީހާކަމަށް މައުލޫމާތު ލިބެއެވެ.