Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

ސިޔާދުގެ މައްސަލަ ބަލާ ގާޒީއަކަށް ހައިލަމް

، ފޮޓޯ: އަވަސް

ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރ އަދި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްސަލަ ބައްލަވާ ގަޒީއަކަށް އަހުމަދު ހައިލަމް ހަމަޖައްސަވައިފިއެވެ.

ސިޔާދުގެ މައްސަލަ ބައްލަވާ ގާޒީއަކަށް ހައިލަމް ބަދަލު ކުރުމާއި ގުޅިގެން މިއަދު ބާއްވަން އުޅުނު ސިޔާދުގެ މައްސަލައިގެ އަޑުއެހުން ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލާފައެވެ.

ސިޔާދުގެ ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ހިސާން ހުސެއިން ވިދާޅުވީ ދައުލަތުން ދައުވާ އިއްވުމާއި އެކު އިޖުރާއީ ނުކުތާއެއް ނަންގަވާ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިކަމަށެވެ. ހިސާން ވިދާޅުވީ އިޖުރާއީ ނުކުތާ ނެންގެވީ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައިވާތީ ކަމަށެވެ.

ސިޔާދުގެ މައްސަލައިގައި މީގެ ކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބެއްލެވީ، ކްރިމިނަލް ކޯޓްގެ ގާޒީ ހުސެން ޝަހީދު އެވެ.

ގާޒީ ބަދަލުވެފައިވާތީ ދިފާއީ ވަކީލުން ނެންގެވި އިޖުރާއީ ނުކުތާ ގަބޫލްކޮށްފައިވާކަމަށް ގާޒީ ނިންމަވައި މިއަދުގެ ޝަރީއަތް ވަނީ ނިންމަވާލައްވާފައެވެ.