Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

އިއުލާން ކުރި ޓާޓާގެ 47 ފްލެޓެއް ވިކިއްޖެ

ޓާޓާއިން ހަދާފައިވާ ފެލެޓް، ފޮޓޯ: ސަން

ޓާޓާ ކުންފުނިން މާލޭގައި ހަދާފައިވާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ވިއްކަން އިއްލާން ކުރި ފްލެޓްތަކުގެ ތެރެއިން ނުވިކި ހުރި 47 ފްލެޓް ވިއްކަން އިއްލާން ކުރިތާ 5 ދުވަހުގެ ތެރޭގައި ވިކި ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

ދެ މިލިއަން ރުފިޔާގެ އަގަށް ވިއްކަން އިއްލާން ކުރި ފްލެޓްތައް މިފަހަރުވެސް ވިއްކާފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ 3 ކޮޓަރި، 2 ފާޚާނާ، ސިޓިން ރޫމް، ބަދިގެ އަދި ޑައިނިންގ އޭރިއާ ހިމެނޭހެން ތަރައްޤީކޮށްފައިވާ ފްލެޓް ގަތުމަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ޞައްހަ ލިޔެކިޔުންތައް ހުށައެޅި ފަރާތްތަކާ ގުޅިގެން ފްލެޓް ވިއްކުމުގެ އެންމެހާ މަރުޙަލާތަކެއް ކުރިއަށްގެންދާކަމަށެވެ.

ކުރީގެ އަރަބިއްޔާ އަދި ގާކޮށީގައި ޓާޓާއިން ހެދި ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ވިއްކަން ހުޅުވާލީ 161 ފްލެޓެވެ.