Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ޕީޕީއެމްގެ ކަންމަތީ ބައްދަލުވުމެއް މިރޭ ހިތަދޫގައި

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ޕީޕީއެމްގެ ކަންމަތީ ބައްދަލުވުމެއް އޮންނާނެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ކަންމަތީ ބައްދަލުވުން ކުރީގެ "ރީތި ފޮޓޯ" ހިންގި އިމާރާތާ ދިމާލުން އޮންނާނީ ހިތަދޫ ބޮޑުމަގުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަންމަތީ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައެވެ.

އާއްމު ގޮތެއްގައި އައްޑޫގައި ޕީޕީއެމްގެ ކަންމަތީ ބައްދަލުވުންތައް ބާއްވަނީ މާލޭން އެ ޕާޓީގެ ވަފުދުތައް އައްޑު އަށް އަންނަ ދުވަސްވަރާ ދިމާކޮށެވެ. އެގޮތުން މިހާރު ވެސް އައްޑޫގައި، މާލެއިން އައި ޕީޕީއެމްގެ ޓީމެއް ހަރަކާތްތެރިވާ ކަމަށް ވެއެވެ.

އެ ޓީމުން ގެންދަނީ، އައްޑޫގެ އެކި އަވަށްތަކުގައި ތިބި ޕީޕީއެމްގެ އެކްޓިވިސްޓުންނާއި ބައްދަލުކުރަމުންނެވެ.