ގާނޫނީ ހުކޫމަތަކީ ގާނޫނީ އުސޫލުތަކަށް ކިޔާނަމެއް ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އދ. އިން ނިންމިގޮތް ގަބޫލުކޮށް އެގޮތަށް އަމަލު ކުރަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އދ. އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އަންނަ ރިޔާސީ އިންތިހާބްގައި ވާދަ ކުރެވެން ޖެހޭނެކަމަށް ނިންމި ނިންމުން ސަރުކާރުން ބަަލައި ނުގަނެ ތަފާތު ބަހަނާ ދައްކަވަމުން ދަނިކޮށް ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލް އަގުވާމީ ގާނޫނު ނިޔާ ކުރާ ގޮތުން އަދި ރާއްޖެ ބައިވެރިވާ މުއާހަދާތަކަށް ރާއްޖެ އަމަލު ކުރަން ޖެހޭނެކަމަށެވެ.
ދިވެހި ރާއްޖެއިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީގެ އިހުތިސާސްތައް ބަލައިގެންފައި ކަމަށާއި، އެ ނިންމުމަށް ފުރިހަމަައަށް އަމަލު ކުރަން ޖެހޭކަމަށް ދިޔާނާ ވިދާޅުވިއެވެ.
Thakuraarukoh dhannavan. Utthama fandiyaaraa SC ge ithuru fandiyaaraku raheenukoh QA ge imun beyruga thibbavaa qaanoonee hukoomathuge vaahaka dhekkumuge haisiyyatheh mi sarukaarah libigen nuvey. Qaanoonu niyaakuranee RN ge nanfulhu vote karudhaahuga othumah. Onnaane In Shaa Allah pic.twitter.com/M8fL5cM9ki
— Dhiyana ? (@dhiyanasaid) April 16, 2018
"ތަކުރާރުކޮށް ދަންނަވާލަން، އުއްތަމަ ފަނޑިޔާރާއި، ސުޕުރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ރަހީނުކޮށް ގާނޫނު އަސާސީގެ އިމުން ބޭރުގައި ތިއްބަވާ ގާނޫނީ ހުކޫމަތުގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތެއް މި ސަރުކާރަކަށް ލިބިގެނެއް ނުވޭ. ގާނޫނު ނިޔާ ކުރަނީ ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮތުމަށް، އޮންނާނެ، އިންޝާﷲ"
އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ނިންމި ނިންމުން ސަރުކާރުންވަނީ ބަލައި ނުގެންފައެވެ. ސަރުކާރުން ބުނީ ރައިސް ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އދ. ނޫން ކަމަށާއި އެކަން ނިންމާނީ ރާއްޖޭގެ ސުޕުރީމް ކޯޓުން ކަމަށެވެ.
ސަރުކާރުން މިގޮތަށް ބުނި އިރު އުއްތަމަ ފަނޑިޔާރާއި ސުޕުރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ސުޕުރީމް ކޯޓުގެ ސައްހަކަމެއް ނެތްކަމަށެވެ.