ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ މއ.އެރަލްސީ، އަލްފާޟިލް އަޙްމަދު މަމްދޫޙް އެވެ. އަޙްމަދު މަމްދޫޙް މި މަޤާމަށް ޢައްޔަން ކުރެއްވީ 17 އެޕްރީލު 2018 ގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަހުމަދު މަމްދޫހު މީގެ ކުރިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާއިރު، އެމްއާރުޑީސީން މިހާރު ދަނީ އެ ކުންފުނި އުވާލުމުގެ މަސައްކަތް ކުރަމުންނެވެ.