ފުލުހުންގެ އެސްއޯގެ ކުރީގެ ކޮމާންޑަރ އަބްދުﷲ އިބްރާހިމް (އެސްއޯ ޑީޑީ) ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ.
ޑީޑީ ފުލުހުންގެ ހިދްމަތުން ވަކިކުރަން ނިންމިއިރު މީގެ ދުވަސްކޮޅެއް ކުރިން ޑީޑީ ހައްޔަރު ކުރިކަމަށްވެސް އަޑު ފެތުރުނެވެ. ނަމަވެސް ފުލުހުން ބުނީ ޑީޑީ ހައްޔަރު ނުކުރާކަމަަށާއި ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް ގެންދިޔައީކަމަށެވެ.
އެފަހަރު ޑީޑީ ފުލުހުންގެ އިދާރާއަށް ގޮސް ބަޔާން ވަނީ ނަގާފައެވެ. ޑީޑީ ފުލުހުންގެ ހިދްމަތުން ވަކި ކުރުމަށް ނިންމިއިރު 9 އެސްއޯ ފުލުހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ އެސްއޯ ކޮމާންޑަރ ސައިފް ހިމެނެއެވެ. މި ފުލުހުންނާއި އެކު ކުރީގެ ޕޮލިސް ކަމިޝްނާ އަހުމަދު އަރީފްވެސް ވަނީ ހައްޔަރުކޮށްފައެވެ.