Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ވިލިނގިލީ ކައުންސިލަރުން ސަސްޕެންޑްކޮށްފި

ގއ. ވިލިނގިލީ ކައުންސިލަރުން، ފޮޓޯ: ސަން

ގއ. ވިލިނގިލީ ކައުންސިލްގެ ހުރިހާ މެމްބަރުން މިއަދުން ފެށިގެން 1 މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީން މިއަދު ވިލިނގިލީ ކައުންސިލަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ އާއި ނައިބު ރައީސް މަޒީދު އަބްދުﷲ އާއި ކައުންސިލަރު ހަބީބު ހަސަން އާއި ކައުންސިލަރު މުހައްމަދު އިގުބާލް ފިކުރީ އާއި ކައުންސިލަރު ލުގުމާން ނައީމް މުސާރަ އާއި އެލެވެންސް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެލްޖީއޭއިން ބުނީ ވިލިނގިލީ ކައުންސިލްގެ 5 މެމްބަރުން ސަސްޕެންޑް ކުރީ އެކައުންސިލަށް ލިބިދީފައިނުވާ ބާރެއްގެ ބޭނުންކޮށްގެން ނޫސް ބަޔާން ނެރުމާއި ގުޅިގެން ކަމަށެވެ.

އެލްޖީއޭއިން ވަނީ އެ 5 މެމްބަރުން މާދަމާއިން ފެށިގެން ވަޒީފާއަށް ނުނިކުތުމަށް އަންގާފައެވެ. އަދި ކައުންސިލްގެ ހިންގުން ޒިއްމާދާރުވެރިޔާ ޝަޒުމާ މުހައްމަދު އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ނޫސް ބަޔާން ނެރުނު ގިނަ ކައުންސިލަރުންތައް އެލްޖީއޭއިން ވަނީ ސަސްޕެންޑްކޮށްފައެވެ.