Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު

ފުލުހުންގެ ލަވަ އަލްބަމް ނެރެފި

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ފުލުހުންގެ އޯޑިއޯ ލަވަ އަލްބަމް ނެރެފި އެވެ.

މި އޯޑިއޯ ލަވަ އަލްބަމް ރަސްމީކޮށް ނެރެދެއްވާފައި ވަނީ، ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 14 ވަނަ ދުވަހުގެރޭ ރަސްރަނި ބަގީޗާގައި ބޭއްވި ޑިނަ ނައިޓްގައި ހޯމް މިނިސްޓަރު އަޒްލީން އަޙްމަދުއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ޓޮނިކް ލައިވް ސްޓޫޑިއޯއާ ދެމެދު، މިދިޔަ ޖެނުއަރީ މަހުގެެ 4 ދުވަހު ވެވުނު އެއްބަސް ވުމެއްގެ ދަށުން ތައްޔާރުކޮށްފައިވާ މިއޯޑިއޯ ލަވަ އަލްބަމްގައި ޖުމްލަ 5 ލަވަ ހިމެނޭއިރު ލަވަތައް ހައްދަވައިދެއްވާފައި ވަނީ ރާއްޖޭގެ ނަން މަޝްހޫރު ޅެންވެރިން ކަމުގައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ޢަބްދުއް ރަޝީދު ޙުސައިން، ރަމްލާ އަބްދުލް ޣަނީ، އާދަމް ޢަބްދުއް ރަޙްމާން (އުތީމުއާދަމްބެ) އަދި އާދަމް ނަސީރު އިބްރާހީމް އެވެ.

އަލްބަމްގައި ހިމެނޭ ލަވަތައް ކިޔާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ޝިފާ ތަޢުފީޤު، ރާފިއަތު ރަމީޒާ، މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) މަރިޔަމް އަޝްފާ، އިބްރާހީމް ޒައިދު އަލީ، އިބްރާހީމް މަމްދޫހް (މަންޑޭ)، މާއިން ރަޝީދު، ހަސަން ޠަލާޤު، ޢަބްދުﷲ ނާޝިފް (ތާތި)، ޢަބްދުﷲ މިއުޝާދު، ޝަލަބީ އިބްރާހީމް، މަޖީދު އިސްމާއީލް، ޢާއިޝަތު އަމާނީ، މަރިޔަމް ޝައުޝަތު، ޢާއިޝަތު ޒާރާ އިސްމާޢީލް، އަދި ޔާމީން ރަޝީދުއެވެ.