Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

"ކަލަންކް" އަންނަ އަހަރުގެ އެޕްރީލްގައި

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަބިޝެކް ވަރްމަން ޑައިރެކްޓް ކުރާ ފިލްމް "ކަލަންކް" އަންނަ އަހަރުގެ އެޕްރީލް 19 ގައި ރިލީޒް ކުރަން ނިންމައި، ފިލްމްގެ ލީޑް ތަރިން މިއަދު އިއުލާންކޮށްފަ އެވެ.

ކަރަން ޓްވީޓް ކުރި ފިލްމްގެ ފަސްޓްލުކާ އެކު، މީގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ސަންޖޭ ދަތާއި މަދޫރީ ޑިކްސިޓް، ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ސޮނާކްޗީ ސިންހާ އާއި އަދިތިޔާ ރޯއި ކަޕޫރް އެވެ.

"ކަލަންކް" އަކީ 2014 ގައި "2 ސްޓޭޓްސް" ގެނެސް ދިން ވަރްމަން ލިޔެ، ޑައިރެކްޓް ކުރާ ތާރީހީ ލޯބީގެ ފިލްމެކެވެ.

ކަރަންގެ ދަރްމާ އިން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސް ދޭނީ އަންނަ މަހުގެ 11 ގައި ރިލީޒް ކުރާ "ރާޒީ" އެވެ. އޭގެ ފަހުން ޖުލައި 20 ގައި "ދަޅަކް"، ނޮވެމްބަރު 23 ގައި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަދި ޑިސެމްބަރު 28 ގައި "ސިމްބާ" ގެނެސް ދޭނެ އެވެ.

"ކަލަންކް" ގެ އިތުރުން އަންނަ އަހަރަށް ހުރި އެ ސްޓޫޑިއޯތަކުގެ އިތުރު ފިލްމްތަކުގެ ތެރޭގައި "ރަންބޫމީ" އާއި "ބުރައްމަސްތުރާ" ހިމެނެ އެވެ.