Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އުމުރުން 92 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

އެކަމަނާއަކީ އެމެރިކާގެ 41 ވަނަ ރައީސްގެ މަގާމު 1989-1993 އަށް އަދާ ކުރެއްވި ޖޯޖް އެޗް ޑަބްލިއު ބުޝްގެ އަނބިކަނބަކލުންނެވެ. އަދި އެމެރިކާގެ ރައީސްކަން 2001-2009 އަށް ކުރެއްވި ޖޯޖް ޑަބްލިއު ބުޝްގެ މަންމާފުޅެވެ.

ފަސްޓް ލޭޑީގެ ދައުރުގައި ބާބަރާ ވަނީ ސިޔާސީ މަސައްކަތްތަކުން އެކަހެރިވެވަޑައިގެން ލިޔަން ކިޔަން ދަސްކޮށް ދެއްވުމުގެ މަސައްކަތުގައި އުޅުއްވައިފަ އެވެ. އަދި އެކަމަނާ "ބާބަރާ ބުޝް ފައުންޑޭޝަން ފޯ ފެމިލީ ލިޓެރަސީ" ހިންގަވައިފަ އެވެ.

ބުޝް އާއި ބާބަރާ ކައިވެނި ބައްލަވައިގެންނެވީ 1945 ވަނަ އަހަރު އެވެ. އެ ބޭފުޅުންގެ ކައިވެނީގެ 73 ވަނަ އަހަރީ ދުވަސް ފާހަގަ ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ބުޝް އާއި ބާބަރާ އަށް ހަ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

ބާބަރާ އަވަހާރަވުމާ ގުޅިގެން އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ އެކަމަނާ އަވަހާރީވީ ހިތުގެ މައްސަލަތަކަކަށް ވެސް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް ކަމަށެވެ. އަދި މި ފަހުން ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާފާތީ ފަރުއްވާ ދެއްވަމުން ގެންދިޔަ ކަމަށެވެ.

ބާބަރާ އަވަހާރަވުމާ ގުޅިގެން އާއިލާ އަށް ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން މިހާރު ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.