Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ޙިފްޒްކޮށް ތަރާވީސް ކުރާ ހާފިޒުންގެ އުސޫލު އާއްމުކޮށްފި

މާލޭގެ މިސްކިތެއް - ފޮޓޯ: ވީނިއުސް

މިއަހަރުގެ ރަމަޟާން މަހު ކުރެވޭ ތަރާވީހު ނަމާދުގައި، އިމާމުކަން ކުރުމަށް ބޭރުގެ ފަރާތްތައް ރާއްޖެ ގެނައުމާއި ގުޅޭ އުސޫލު ކަމަށްވާ "ޙިފްޡުކޮށް އިމާމުވެ ތަރާވީހު ކުރުމަށް ބިދޭސީ ހާފިޡުން ދިވެހިރާއްޖެއަށް ގެނައުމާއިބެހޭ އުސޫލު" އާއްމުކޮށްފި އެވެ.

މި އުސޫލުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ބިދޭސީ ހާފިޒުން ގެނެވޭނީ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކުންފުނި ތަކާއި، ޕާޓްނަޝިޕް ތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް ހުއްދަދޭނީ ހިފުޡުކޮށް އިމާމުވެ ތަރާސްވީސް ކުރާ މިސްކިތްތަކާއި އެރަށެއްގެ އާބާދީއަށް ބެލުމަށްފަހު ކަމަށްވެސް މި އުސޫލުގައި ބުނެފައި ވެއެވެ.

ހިފްޡުކޮށް އިމާމުވެ ތަރާވީހު ކުރުމަށް ބިދޭސީ ހާފިޒުން ރާއްޖެއަށް ގެނައުމާ ބެހޭ އުސޫލެއް އާންމުކޮށްފައިވާއިރު ހުސްވި އަހަރު ރާއްޖޭގެ ގިނަ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކޮށްފައި ވަނީ ދިވެހި ހާފިޒުންނެވެ.

ހިޖްރީ ގޮތުން ބަލާއިރު މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މެއި މަހު 16 ވަނަ ދުވަހެވެ.