Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ރަށްތައް ދޫކުރި މައްސަލަ ވިލާއާ އެއްކޮޅަށް

ފޮޓޯ - އަވަސް

ވިލާ އަށް ސަރުކާރުން ދޫކުރި ރަށްތައް އަތުލުމުން ވިލާއިން ކުރި ދައުވާ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެކޯޓުން މައްސަލަ ވިލާއާ އެއްކޮޅަށް ނިންމައި، މިއަދު ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ވިލާއިން އިސްތިއުނާފް ކުރި މައްސަލަ ބަލައި ވިލާއާ އެއްކޮޅަށް ހުކުމް ކޮށްފައިވަނީ، ވިލާގެ ރަށްތައް ސަރުކާރުން އަތުލާފައިވަނީ އެއްބަސްވުމާއި ޚިލާފަށް ކަމަށް މީގެ ކުރިންވެސް ވިލާއިން ބުނެފައިވަނިކޮށެވެ.

ދައުލަތުން ވަނީ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ އަގު ދައުލަތަށް ދެއްކުމަށް ވިލާއާ ދެކޮޅަށް ސިވިލް ކޯޓުގައި އެކި ފަހަރު މަތިން ދައުވާ ކޮށްފައެވެ.

ބައެއް މައްސަލަތައް ދައުލަތުން އަނބުރާ ގެންގޮސްފައިވާއިރު ވިލާއިން ވަނީ ދައްކަން ޖެހޭ ފައިސާ ދައްކައި ޚަލާސް ވެސް ކޮށްފައެވެ.

ސްޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ ވިލާ ގުރޫޕްގެ ތިން ރަށަކާއި ދެ ފަޅެއް އަތުލި މައްސަލާގައި އެ ކުންފުނިން ދައުލަތުގެ މައްޗަށް ކުރާ ދައުވާކުރަނީ އެމައްސަލާގައި ސިވިލް ކޯޓުން އެކުންފުންޏާއި ދެކޮޅަށް ނިންމި ނިންމުން 2015 ވަނަ އަހަރު ހައިކޯޓުން ބާތިލްކުރި މައްސަލާގައެވެ. އެއީ ތ އެލާއާއި ރ މާނެންފުއްޓާއި ގދ ގަޒީރާއާއި ކ މާދިއްގަރުފަޅާއި ކ ބޮލިދުއްފަރުފަޅުގެ މައްސަލަތަކެވެ.

މި ރަށްތަކަކީ ވިލާ އަތުން 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން މީރާއިން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަތަކާ ގުޅުންހުރި ރަށްތަކެވެ.