Last Updated: April 18, 13:36
Thursday, April 18, 2024
ކުޅިވަރު

ޕްރިމިއާ ލީގް ގަދަ 11: ސިޓީގެ 5 ކުޅުންތެރިން

އިނގިރޭސި ޕްރިމިއާ ލީގުގައި މިސީޒަނުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ގަދަ 11 ކުޅުންތެރިން ހޮވައިފިއެވެ.

ޕީއެފްއޭ ޓީމް އޮފް ދަ އިޔާއިން މިފަހަރު ޖާގަ ހޯދި 11 ކުޅުންތެރިންގެ ތެރެއިން 5 ކުޅުންތެރިޔަކު ނިސްބަތްވަނީ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށެވެ.

ކީޕަރަކަށް ޔުނައިޓެޑުގެ ކީޕަރު ޑެހެއާ ހޮވިފައިވާއިރު އޭނާ ވަނީ މިސީޒަނުގައި ވެސް ޔުނައިޓެޑުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ރޯލު އަދާކޮށްފައެވެ. އެންމެ މޮޅު ޑިފެންޑަރުންގެ ލިސްޓުގައި ވަނީ ސިޓީގެ އޮޓަމެންޑީ އާއި ވޯކާ، ސްޕާސްގެ ވާޓޮންގެން އަދި ޗެލްސީގެ އެލޮންސޯއެވެ.

މިޑްފީލްޑުގައި ސްޕާސްގެ އެރިކްސަން އަދި ސިޓީގެ ސިލްވާ އާއި ޑިބްރުއޭނާ ހިމެނިފައިވާއިރު ފޯވާޑްގައި ވަނީ ޕްރިމިއާ ލީގު ޓޮޕް ސްކޯރަރުން ކަމަށްވާ ލިވަޕޫލްގެ ސަލާހް، ސްޕާސްގެ ކޭން އަދި ސިޓީގެ ކުން އަގުއޭރޯއެވެ.