Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ސިހުރު ފޮތްތަކެއް ގެންގުޅުނު މީހަކު ތިން އަހަރަށް ޖަލަށް

އާދަމް ގާސިމް ކުރިބީން ފުލުހުންނާއި އެކު ގެންދަނީ، ފޮޓޯ: ކޭއޯ

ފަންޑިތަ ފޮތްތަކެއް ގެންގުޅުނު ކުޅުދުއްފުށީ މީހަކު 3 އަހަރަށް ޖަލަށްލުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުުމްކޮށްފިއެވެ.

ކުޅުދުއްފުށީ އޮންލައިން (ކޭއޯ)އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުކުމްކޮށްފައިވަނީ އެރަށު ރެޑިއަމްގެ އާދަމް ގާސިމް (72އ)ގެ މައްޗަށެވެ.

އާދަމް ގާސިމް ފުރަތަމަ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން 2013 ވަނަ އަހަރު ހދ. ކުރިބީގައި ހުއްޓައެވެ. އަދި ފުލުހުން އާދަމް ގާސިމް ހުރި އެރަށު ގުލްފާމްގޭ ކޮޓަރި ބަލައި ފާސް ކުރިއިރު ސިހުރު ހަދަން ގެންގުޅޭކަމަށް ބެލެވޭ ފޮތްތަކެއް ވަނީ ފެނިފައެވެ.

އަދި އެމައްސަލަ އާއި ގުޅިގެން އާދަމް ގާސިމް ހައްޔަރުކޮށް ދޫކޮށްލާފައި ހުއްޓާ 2014 ވަނަ އަހަރު ތެރޭގައި އާދަމް ގާސިމް ދިރިއުޅޭ ގެ ބަލައި ފާސް ކުރުމަށް އަމުރު ނެރެދެއްވި ގާޒީ އާއި މަގުމަތިން ދިމާކޮށް، ހަޑި ހުތުރު ބަހުން މުއާމަލާކޮށް މާރާމާރީ ހިންގަން އުޅުމުގައި ހައްޔަރު ކުރިއެވެ.

ކޭއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާދަމް ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް ޝަރީއަތުގައި އަމިއްލައަށް އިއްތިރާފް ވުމާއި ގުޅިގެންނެވެ.