Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

އައްޑޫ ސިޓީ ލިންކް ރޯޑް. ފޮޓޯ: އަޒީމް ނަޖްމީ/އައްޑޫލައިވް

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮލިޖިކަލް ސެންޓަރ (މެޓް) އިން ވައިޓް އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ހަމައަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:00 އިން މިރޭ 19:00 އާއި ހަމައަށެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި އެލާޓް ނެރެފައިވާ ގަޑިތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއި އެކު ބޯކޯށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.