Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ފައިސަލް ފާހާނާ ސާފު ކުރުމުން ހިތްވަރު ދީފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަަލް (އެޗްއާރްއެޗް) ގައި ހިދުމަތް ހޯދާ މީހުން ބޭނުން ކުރާ ފާހާނާއެއް ސާފު ނުކޮށް ހުންނަތާ އެތައް ދުވަހެއްވެ، މިކަން އާންމުންގެ ސަމާލު ކަމަށް އައިސްފައި ވަނިކޮށް އެ ފާހާނާ އިއްޔެގެ ވަގުތެއްގައި ސާފު ކުރެއްވި އައްޑޫ ކައުންސިލަރު އިބްރާހީމް ފައިސަލްގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ވަޒަންކޮށް، ހަނދާނީ ލިޔުމެއް ދީފި އެވެ.

ފައިސަލަކީ މަރަދޫ ދާއިރާގެ ކައުންސިލަރެވެ.

އޭނާ ފާހާނާ އަމިއްލަ ހަރަދުގައި، އަމިއްލަ އަށް ސާފު ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް އެކަން ފާހަގަކޮށްފަ އެވެ. އަދި މި ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުން އެކަމަށް ހަޖޫ ވެސް ޖަހާފައިވެ އެވެ.

ފައިސަލް ދެއްކެވި ހިތްވަރަށް ސާބަސްދީ ކައުންސިލުން މިއަދު ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ސިއްހީ ހިދުމަތްދޭ ތަނެއްގެ ފާހާނާ ސާފު ނުކޮށް ހުރި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އެޗްއާރްއެޗްގެ އިސް ވެރިންނަށް އަމާޒުވެފަ އެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި، ފާހާނާގެ ހާލަތު އެގޮތަށް ހުންނަން ޖެހުނީ މަގާމުގައި އިސްކޮށް ތިއްބެވި ވެރިންނަށް ޒިންމާ އަދާނުކުރެއްވޭތީ އެވެ.