މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތް މިއަހަރުވެސް އައްޑުގައި ބާއްވަން ނިންމައިފިއެވެ.
ކުރިން ތިނަދޫގައި ބާއްވަނަ ނިންމި އެތްލެޓިކްސް މުބާރާތް އައްޑުގައި ބޭއްވުމާއި ގުޅޭގޮތުން މިއަދު ކައުންސިލް އިދާރާގައިވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
ކައުންސިލުން ބުނީ އައްޑޫގައި ބާއްވާ އެތްލެތިކްސް މުބާރާތުގައި އައްޑޫ، ފުވައްމުލައް އަދި ހުވަދޫގެ އިތުރުން މާލޭގެ ސްކޫލްތަކުން ބައިވެރިވާނެކަމަށެވެ.
އަންނަ މެއި މަހުގެ 2-4 އަށް ބޭއްމަށް ނިންމާފައިވާ މުބާރާތުގައި 506 އެތްލިޓުން ބައިވެރިވާނެއެވެ.
މިދިޔަ އަހަރު ކައުންސިލުން ބިޑްކޮށްގެން އައްޑުގައި ބޭއްވި އެތްލެޓިކްސް މުބާރާތަށް ކައުންސިލުން ވަނި 1.2 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސާއަކީ ޑެއިލީ މިލްކެވެ.