Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އީޔޫގެ ލަފަޔާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ: އިލްޔާސް

ޝެއިހް އިލްޔާސް ދީނީ ފޯރަމެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ/ ހަވީރު

ދިވެހިރައްޔިތަކަށް ވެވޭނީ ހަމައެކަނި މުސްލިމުންނަށް ކަމަށް، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހަޅާފައިވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އީޔޫގެ ލަފަޔާ ދެކޮޅަށް ދިވެހި ކޮންމެ ދަރިއަކު ވެސް އަޑުއުފުލަންޖެހޭ ކަމަށެވެ.

އީޔޫ އިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކީ އިސްލާމް ދީން ގަބޫލުކޮށްގެން ހުރި މުސްލިމަކަށް ވާން ނުޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ކަމަށް ބުނެ އިސްލާމީ ޝަރީއަތުގައި ތަރިކަ މުދާ ބަހާ މިންގަނޑަށް ބަދަލު ގެނައުމަށް ވެސް އީޔޫ އިން ވަނީ ދިވެހި ސަރުކާރަށް ހުށަހަޅާފައެވެ.

ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ، އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ލިބޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ޖެހޭނެ ކަމަށް އެއްވެސް ބަޔަކަށް ލަފާ ނުދެވޭނެ ކަމަށެވެ.