Last Updated: April 19, 06:24
Friday, April 19, 2024
ޚަބަރު

ލޯންޗެއް އެކްސިޑެންޓްވެ މީހަކު ގެއްލިއްޖެ

ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެއް ލޯންޗު ދުއްވަން ހުރި ކެޕްޓަން ގެއްލިގެން ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ފަށައިފިއެވެ.

މާލެ އަތޮޅު މާފުށި ކައިރިން ހިނގި މި އެކްސިޑެންޓުގައި ލޯންޗުތަކުގައި ތިބި ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ. ފުލުހުން ބުނެފައިވަނީ ދެ ލޯންޗު ޖެހި، ހިނގި އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެފައިވާތީ އެ މީހުން މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ އިތާފުށި ރިޒޯޓުގެ ދެލޯންޗު ޖެހިގެންނެވެ. މާލެ އަތޮޅު ގުޅީގެ 6 މޭލު ބޭރުގައި ހިނގި މިއެކްސިޑެންޓްގައި އިތާފުށި 5 ނަމްބަރު ލޯންޗާއި އިތާފުށި 3 ނަމްބަރު ލޯންޗަށްވެސް ވަނީ ގެއްލުންތައް ލިބިފައެވެ.