Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ލޯންޗް އެކްސިޑެންޓްގައި ބިދޭސީއަކު ނިޔާވެއްޖެ

ކ.މާފުށި ކައިރިން މިރޭ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ބިދޭސީައަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ އެކްސިޑެންޓްވި ދެލޯންޗުގެ ތެރެއިން އެއްލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީއެކެވެ.

މިހާދިސާގައި އަނިޔާވި އިތުރު ބަޔަކު ވެސް މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ. އެހެން ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މީގެ އިތުރުން މިރޭ އެކްސިޑެންޓްވި ދެ ލޯންޗްގެ ތެރެއިން އެއް ލޯންޗްގެ ކައްޕި ގެއްލިގެން ހޯދަމުން އަންނައިރު އަދިވެސް އޭނާގެ ޚަބަރެއް ނުވެއެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑިއެފުން ދަނީ ކުރަމުންނެވެ.