Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ލަނޑާ ނަގަން އުޅުނު މީހެއްގެ މެޔަށް ފަރުތޮޅިއެއް ހެރިއްޖެ

ހދ. ކޭލަކުނު ކައިރީ ލަނޑާ ނެގުމުގެ މަސައްކަތުގައި ހަރަކާތެރިވި ޒުވާނެއްގެ މެޔަށް ފަރުތޮޅިއެއް ހެރުމާއި ގުޅިގެން ސިފައިންގެ އެހީތެރިކަމާއި އެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ޒުވާނާގެ މެޔަށް ފަރުތޮޅި ހެރުމާއި ގުޅިގެން ނޭވާ ނުލެވިގެން އެކަން ރިޕޯޓް ކުރުމުން އެ ޒުވާނާއަށް ފަރުވާ ދިނުމަށް އެމްއެންޑީއެފްގެ އުޅަނދެއްގައި ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަަމަށެވެ. އެޒުވާނާއަށް ފަރުވާ ދެމުންދާ އިރު އިތުރު ތަފްސީލެއް ލިބިފައިނުވެއެވެ.

ފަރުތޮޅިއަކީ ތުންދިގު، ގިނަ އަދަދެއްގެ ދަތް ހުންނަ ހިމަދިގު މަހެކެވެ، އާއްމުގޮތެއްގައި ގަދަ އަލިތަކަށް މިމަސް ފުމެ ހަދާއިރު ފަރުމަހުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އެކި ފަހަރުމަތިން ފަރުތޮޅީގެ ހަމަލާ އަމާޒުވެފައިވެއެވެ.