Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

އައްޑު އާއި ލ. އަށް ޔެލޯ އެލާޓް ނެރެފި

އައްޑު އާއި ލ. އަތޮޅަށް މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

އެ އިދާރާ އިން ބުނީ އައްޑޫ އާއި ލ. އަދި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް މޫސުމް ގޯސްވެ، ބޯކޮށްވާރޭ ވެހޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުމް ގޯސްވާނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. މޫސުމް ގޯސްވެ، ކަނޑުގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވާއިރު ފާއިތުވި 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެ، ބައެއް ރައްޔިތުންނަށް ގެއްލުންތަކެއް ކުރިމަތިވެފައެވެ.

ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ބައެއް ހާދިސާ ހިނގާފައިވާ އިރު މިރޭވެސް ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ލޯންޗު ދުއްވަން ހުރި ދިވެހި ކެޕްޓަން ގެއްލިގެން ހޯދަމުން އަންނަ އިރު ބިދޭސީ ފަޅުވެރިއަކު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.