ރޭ ކ. މާފުށީ ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު އެއް ލޯންޗުގެ ކެޕްޓަން މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.
ރޭގެ ހާދިސާގައި ގެއްލިފައިވަނީ އެތަނުން އެއް ލޯންޗް ދުއްވި ދ. ކުޑަހުވަދޫ އަހުމަދު މުހައްމަދު އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ ރޭގެ ހާދިސާގައި ގެއްލުނު އަހުމަދު މުހައްމަދު ހޯދަމުން ދަނިކޮށް އެމްއެންޑީއެފްގެ ޑައިވަރުންނަށް އޭނާ ފެނިފައިވަނީ 45 މީޓަރ ކަޑު އަޑިންކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރޭގެ އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އޭގެ ތެރެއިން އެއް ލޯންޗުގެ ފަޅުވެރިޔަކަށް މަސައްކަތް ކުރި ބިދޭސީއަކު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.