Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ނަޝީދުގެ ލާދީނީކަން ހާމަވެއްޖެ: އަދުރޭ

ޔޫރަޕިއަން ޔުނިއަން (އީޔޫ)އިން ދިވެހި ސަރުކާރަށް ހުށަހެޅި 22 ކަމެއްގެ ތެރެއިން ދިވެހިންނަށް ބަލައި ނުގަނެވޭނީ ދިނީ މިނިވަންކަމަށް ބުނެފައިވާ ކަން އެކަނިކަމަށް ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ އެމަނިކުފާންގެ ލާދީނީ ކަން އިތުރަށް ދިވެހި ރައްޔިތުންނަށް ހާމަވެގެން ދިޔަ ކަމެއްކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫގެ ހުށަހެޅުމުގައި ހުރި ދީނާއި ހިލާފު ކަންކަމަށް ނަޝީދު ތާއިދު ކުރެއްވުމަކީ އޭނާގެ ލާދީނީކަން ދިވެހި ރައްޔިތުންނަށް އިތުރަށް ހާމަވެގެން ދާކަމެއް ކަމަށާއި، މިއީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ސަމާލުވާން ޖެހޭ ކަމެއްކަމަށެވެ.

އަދުރޭ މިފަދައިން ޓްވީޓު ކުރެއްވި އިރު ނަޝީދު ރޭ ވިދާޅުވީ އަށް ދާއިރާއަކުން 22 ކަމެއް އީޔޫ އިން ހުށަހަޅާފައިވާއިރު، ދިވެހިންނަށް ބަލައިނުގަނެވޭނީ އެންމެ ކަމެއް ކަމަށެވެ. އެއީ، ގާނޫނުއަސާސީއަށް ގެނައުމަށް ބުނާ ދީނުގެ މިނިވަންކަމުގެ ބަދަލު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން އީޔޫގެ ހުށަހެޅުން ސިފަ ކުރަނީ ރައީސް ނަޝީދާއި އިދިކޮޅު ފަރާތްތަކުން އަޑީގައި އޮވެގެން ހުށަހެޅި ހުށަހެޅުމަށް ގޮތަށެވެ.