Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނަށް ވާރޭ ވެހޭނެ

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ދެކުނަށް ބޯކޮށް ވާރޭ ވެހޭ ނަމަ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި މި ސަރަހައްދަށް މިރޭ 8:00 ހަމައަށް ވަނީ ވައިޓް އެލާޓް ވެސް ނެރައިވެ އެވެ.

ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ އިރު، ރޭ ފަތިތު 5:00 އިން މިއަދު ހަވީރު 5:00 އާ ހަމައަށް 76.7 މިލިމީޓަރުގެ ވާރޭ އައްޑު އަށް ވެހިފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނަށް ވިއްސާރަ ކުރާނެތީ މޫސުމަށް ސަމާލުބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އައްޑޫގެ ބައެއް އަވަށްތަކުގެ މަގުތަކާއި ގޭގެ ގޯތިތެރޭގައި ފެންބޮޑުވެފައިވެ އެވެ.