Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

"އީޔޫން އުޅެނީ ދިވެހިން ނުރައްކަލަކަށް ވައްޓާލަން"

ދިވެހި ރާއްޖޭގައި މުސްލިމަކަށް ނުވިޔަސް ވޯޓު ލެވޭ ގޮތަށާއި އިންތިޚާބުގައި ވާދަކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ހުށައެޅީ ދިވެހިންނަށް ހެވަށް އެދިގެން ނޫން ކަމަށާއި އެކަމަށް އެއްވެސް ދިވެހި ރައްޔިތަކު އިޖާބަ ދީގެން ނުވާނެ ކަމަށް ދީނީ ޖަމިއްޔާ ޖަމިއްޔަތުއް ސަލަފް އިން ބުނެފިއެވެ.

ސަލަފުން ތުހުމަތުކުރާ ގޮތުގައި މިއީ ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމަށް ދިވެހިންގެ ބަޔަކާއި ބޭރުގެ ބަޔަކު ގުޅިގެން ކޮށްފައިވާ ކަމެކެވެ.

އީޔޫގެ ބަޔާނާ ގުޅިގެން ދީނީ އިލްމުވެރިންގެ ކަންބޮޑުވުން އާންމު ވެފައިވާއިރު ދިވެހި ރައްޔިތުން ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށްފައެވެ.

ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ތުހުމަތު ކުރަނީ އީޔޫގެ ބަޔާނަކީ އިދިކޮޅު ފަރާތްތަކުން ފޮނުވި ރިޕޯޓުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބަޔާނެކެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެއީ އެމީހުންގެ(އީޔޫ) އަމިއްލަ ވިސްނުން ކަމަށެވެ.