ސ. ފޭދޫގައި އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓްގެ ތެރެއިން 16 ފްލެޓެއް ގުރުއަތަކާއި ނުލައި ދޭން ކައުންސިލުން ނިންމައިފި އެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފޭދޫގައި އިމާރާތްކޮށްފައިވާ 25 ފްލެޓްގެ ތެރެއިން ގުރުއަތަށް ނުގޮސް ފްލެޓް ލިބޭނެ 16 ފަރާތަކީ 75 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ 16 ފަރާތް ކަމަށެވެ.
ސޯބެ ވިދާޅުވީ ކައުންސިލުން ކަޑައެޅި 16 ފަރާތަކީ ޒަރުރީގޮތުން ފްލެޓް ލިބެން ޖެހޭ ފަރާތްތަކެއްކަމަށެވެ. އަދި މީގެ އިތުރުން 79 ފަރާތެއް ވަނީ 65 ޕޮއިންޓަށް ވުރެ މަތިން ލިބިގެން ފްލެޓްތަކުގެ ގުރުއަތަށް ހޮވިފަ އެވެ.
ސޯބެ ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ ގުރުއަތުލުން ބެއްވުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކައުންސިލުން ވަމުން އަންނަ ކަމަށެވެ.
އެގޮތުން ފްލެޓަށް އެދި ފޯމް ހުށަހެޅި 339 ފަރާތެއްގެ ފޯމް ބަލައި ގުރުއަތުލުމަށް ދެ ފަހަރެއްގެ މަތިން ކައުންސިލުން ވަނީ މަސައްކަތްކޮށް ފައެވެ.
ނަމަވެސް އިވެލުއޭޝަންގައި މައްސަލަތަކެއް ހުރެގެން އެކަމުގެ ޝަކުވާ ވަނީ ހައުސިން މިނިސްޓްރީ އާއި އޭސީސީ އަށް ހުށަހަޅާފަ އެވެ.