މާލެއާ ހުޅުލެއާ ދެމެދު އަޅާ ބްރިޖަށް ދެވޭ މަގުތައް ރަނގަޅު ފެންވަރުގައި ތަރައްގީ ކުރަން އެޗްޑީސީން ފަށާފައިވާ އިރު، ހުޅުމާލޭގެ މަގުތައް ވެސް ތަރައްގީ ކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ވަނީ ފަށާފައެވެ.
އެގޮތުން މިހާރު ކުރިއަށް ދަނީ ފޭސް އެކެއްގެ މަގު ފުޅާ ކުރުމުގެ މަސައްކަތެވެ. އެޗްޑީސީން ބުނެފައިވަނީ ހުޅުލެ-ހުޅުމާލެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ ޒޯނަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ޒޯން އެކެއްގެ މަސައްކަތް ފަށާފައިވާއިރު ޒޯން 2 ގައި ކުރާނީ ތާރު އެޅުމުގެ މަސައްކަތެވެ. މިމަސައްކަތަކީ 370 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މަގު ހަދައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕާއެވެ.
ހަތަރު ކިލޯމީޓަރު ދިގުމިނަށް ހަދާ ތާރު އެޅި މިމަގަކީ ދެކޮޅަށް ދުއްވާ ހަތަރު ލޭނު އެޅި މަގެކެވެ.