Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

ހިތަދޫގައި މޫދަށް އެރުނު 2 ކުއްޖަކު ގެއްލިގެން ހޯދަނީ

21 އެޕްރީލް 2018. ހިތަދޫގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ހެލިކަޕްޓަރު ހަރަކާތްތެރިވަނީ

އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް ގޮސް އުޅުނު 2 ކުއްޖަކު ގެއްލިގެން ހޯދަމުން އެބަދެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލަށް މޫދަށް ގޮސް އުޅެނިކޮށް އޮޔާއި އެކު ބެހިގެން ދިޔައީ 3 ކުއްޖެކެވެ. އެއީ ސ.ހިތަދޫ، ޗަނބޭލީގޭ އަލީ ފަހުމީ، ހިތަދޫ/ބްލޫގެ، ރާއިފް އަލީ އަދި ހިތަދޫ ޓޮޕާޒް، މަޔާމީން އަލީއެވެ.

އޭގެ ތެރެއިން ރާއިފް އަލީ ސަލާމަތްކޮށްފައިވާއިރު، އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. އޭނާ ސަލާމަތް ކުރީ އާއްމުންގެ ބައެކެވެ. ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއިފްގެ ހާލު މިހާރު ރަނގަޅެވެ.

ގެއްލިގެން ހޯދަމުން އަންނަ 2 ކުދިންނަކީ، ސ.ހިތަދޫ، ޗަނބޭލީގޭ އަލީ ފަހުމީ އާއި ހިތަދޫ ޓޮޕާޒް، މަޔާމީން އަލީ އެވެ.

މި ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިޔާގެ ޑައިވަރުންގެ ޓީމަކާއި، އެމްއެންޑީއެފް ސަދަން އޭރިޔާގައި އޮންނަ ހެލިކަޕްޓަރު ވެސް މިހާރު ދަނީ ގެއްލުނު ކުދިން ހޯދުމަށް ހަރަކާތްތެރި ވަމުންނެވެ.އެހެން ނަމަވެސް މިހާތަނަށް އެ ކުދިން ފެނިފައެއް ނުވެއެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި މި ކުދިން މޫދަށް ގޮސްފައި ވަނީ ފުޓްބޯޅަ ޕްރެކްޓިސް ނިންމުމަށް ފަހުގައެވެ.