Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

"މާ ސާފު މާލެ" ޕްރޮގްރާމް ފަށައިފި

"މާ ސާފު މާލެ" ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: މިހާރު

އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން "މާ ސާފު މާލެ" ގެ ނަމުގައި މާލެ އާއި ވިލިމާލެ ސާފުކުރަން ކުރިއަށް ގެންދާ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

މިއަދު ހެނދުނު 06:00 ގައި މި ޕްރޮގްރާމް ފަށާފައިވާއިރު، މިނިސްޓްރީން ވަނީ މާލެ އާއި ވިިލިމާލެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ވެމްކޯއާއި ހަވާލުކޮށްފަ އެވެ.

މި ޕްރޮގްރާމުގައި 4،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާން ރަޖިސްޓްރީކޮށްފައިވެ އެވެ.

މި ހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުންނާއި އަމިއްލަ ޖަމިއްޔާތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުން ބައިވެރިވެފައިވެ އެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.