Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ތިން ގަޑިއިރު މާލެއިން 70 ޓަނުގެ ކުނި

ންވަޔަރަމެންޓް މިނިސްޓަރުގެ ނާއިބު ޢަލީ ޢާމިރު މީޑިއާއަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: ވަގުތު (އަމީން ފަހްމީ)

"މާ ސާފު މާލެ" ނަމުގައި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިން ގުޅިގެން މިއަދު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޙަރަކާތުން ތިން ގަޑިއިރުގެ ތެރޭގައި މާލެއިން އެކަނި ވެސް 70 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ހެނދުނު 6:00 ގައި ފެށި އެ ހަރަކާތުގައި އެކި މުއައްސަސާތަކާއި ދަރިވަރުންނާއެކު 4،500 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޕްރޮގްރާމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެންވަަޔަރްމަންމަންޓް މިނިސްޓަރުގެ ނައިބު އަލީ އާމިރު ވިދާޅުވި ކަމަށް "މިހާރު" ނޫހުން ރިޕޯޓްކުރެ އެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަދު ވަނީ ވިލިމާލެ ވެސް ސާފުކޮށްފައެވެ.

މާދަމާއިން ފެށިގެން މާލެ ސާފުކުރުމުގެ މަސައްކަތާ ވެމްކޯ ހަވާލުވާއިރު، މިއަދު މާލެތެރެ ސާފުކުރަން ނިކުތުގެ ބޮޑު ބޭނުމަކީ ވެސް ވެމްކޯ އަށް އެހީތެރިވުން ކަމަށް އާމިރު ވިދާޅުވި އެވެ.

ސާފުކުރުމުގެ ހަރަކާތެއް ބާއްވާތީ ބައެއް މީހުން އެކަމުގެ ނާޖައިޒް ފައިދާ ނަގާފައިވާ ކަމަށާއި ބައެއް މަގުތަކުގައި ވަރަށް ގިނަ އަދަދަކަށް ކުނި ބަަހައްޓާފައިވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

މީގެ އިތުރުން ވަރަށް ކުޑަކުދިން އިން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް މި ޙަރަކާތުގައި ބައިވެރިވި ކަމަށާއި، މި ހަރަކާތަށް ވަރަށް ބޮޑު އެއްބާރުލުމަކާއި ތަރުހީބެއް ލިބުނު ކަމަށްވެސް އާމިރު ވިދާޅުވި އެވެ.

އަދި މާލެއިން އެކަނި ވެސް 70 ޓަނުގެ ކުނި ނެގި ކަމަށް އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާމިރު ވިދާޅުވި އެެވެ.

އާމިރު ވިދާޅުވީ މާލެ ސާފުކުރުމުގެ ހަރަކާތްތައް އެކި ފަރާތްތަކުން ދޭތެރެ ދޭތެރެއިން ކުރަމުން އަންނަ ކަމަށާއި، ނަމަވެސް ދެ ތިން ދުވަހެއް ފަހުން އެ ތަން އަނެއްކާ ވެސް ހަޑިވެފައި ހުންނާތީ ސާފުކުރުމުގެ ނަތީޖާއެއް ނުފެންނަ ކަމަށެވެ.