Last Updated: May 1, 20:45
Wednesday, May 1, 2024
ސިޔާސީ

ޝާހިދު އެމްޑީޕީ އަށް

ރައްޔިތުންގެ މަޖިލީހުގެ ވ. ކެޔޮދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެމްޑީޕީ އާ ގުޅިވަޑައިގެންފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ މެންބަރުގެ ކޮޓަރިކޮޅުގައި އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު ޢަބްދުﷲ ޝާހިދު ވަނީ އެކަން ކަށަވަރުކޮށް ދެއްވާފަ އެވެ.

އަދި އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަޕާސަން މޫސާ މަނިކު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެމްޑީޕީ އާ ގުޅިވަޑައިގެންފައިވާކަން ކަށަވަރުކޮށް ދެއްވާފަ އެވެ.

މޫސަ ވިދާޅުވީ ޢަބްދުﷲ ޝާހިދު އެމްޑީ ޕީއަށް ސޮއި ކުރެއްވި ފޯމް މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަން އަށް ހުށަހަޅުއް ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާދަމާ ރޭ ކާނިވަލް ސަރަހައްދުގައި "އާ ބާރެއް" މި ނަމުގައި އެމްޑީޕީން ބާއްވާ ޚާއްޞަ ޖަލްސާގައި ޢަބްދުﷲ ޝާހިދު ވާހަކަފުޅު ދެއްކެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.