Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ބައެއް ރަށްތަކަށް އުދަ އަރާތީ ފުލުހުން ހަރަކާތްތެރިވަނީ

ހިތަދޫގައި އަޅަމުންދާ ޕޮލިސް އެކަޑަމީ ސަރަހައްދަށް އުދަ އަރާފައި، ފޮޓޯ: ޕޮލިސް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ނަމަވެސް ފުލުހުން ހަރަކާތްތެރިވަނީ ކޮންކޮން ރަށެއްގައިކަމެއް ބުނެފައިނުވެއެވެ.

މިއަދު ފުވައްމުލަކަށް އާދަޔާ ހިލާފަށް އުދަ އަރާފައިވާ އިރު ހިތަދޫ ހަންކެޑެ ސަރަހައްދަށާއި، ޕޮލިސް އެކަޑަމީ އަޅަމުން އަންނަ ސަރަހައްދަށް ވަނީ އުދަ އަރާފައެވެ. މީގެ އިތުރުން އއ. މާޅޮހާއި އދ. ފެންފުއްޓާއި ކ. ދިއްފުއްޓަށް ވަނީ އުދަ އަރާފަ އެވެ. ތ. ތިމަރަފުއްޓާއި ގއ. ގެމަނަފުއްޓާއި ގދ. ނަޑެއްލާ، ފ. ނިލަންދޫ އަދި ލ. މާމެންދޫގެ އިތުރުން ލ.މާވަށަށް ވަނީ އުދަ އަރާފައެވެ.

މެޓު އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.