Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދެ ފަނޑިޔާރުންގެ ޝަރީއަތް މިއަދު ސިއްރުކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާކުރާ ކުރާ މައްސަލާގައި މިއަދު ބާއްވާ އަޑުއެހުން ސިއްރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުމާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރުފަހު 3:00 ޖަހާއިރު އެވެ.

މިއަދުގެ އަޑުއެހުންތައް ސިއްރުކުރުމަށް ނިންމާފައި ވީ ނަމަވެސް އެކަމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހުގައެވެ. އެބޭފުޅުން ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން އެ ކޯޓު ތެރެއަށް ވަދެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.