Last Updated: April 26, 10:11
Friday, April 26, 2024
މުނިފޫހިފިލުވުން

އައިޑޮލް އިން ޝަހުދާން ކަޓައިފި

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގައި ވާދަ ކުރަމުން އަންނަ ހިތަދޫ ހަަސަން ޝަހުދާން މުބާރާތުން ކަޓައިފި އެވެ.

އޭނާ ރޭ ކެޓީ ޓީވީއެމުން ރޭ ގެނެސް ދިން އެލިމިނޭޝަން ނައިޓް ގަދަ 6 އާ ހަމައިންނެވެ. ޝަހާދުންއަކީ އައިޑޮލްގެ ޕިއާނޯ ރައުންޑަށް ގޯލްޑެމް މައިކް ހޯދައިން ދަތުރު ކުރި، މި ފަހަރުގެ އެންމެ ވަރުގަދަ އެއް ފިރިހެން ލަވަކިޔުންތެރިޔާ އެވެ.

އޭނާ އައިޑޮލް އިން ކެޓި ނަމަވެސް، އަދިވެސް މި ޝޯގައި އައްޑޫގެ ދެ ކުދިން އެބަ ތިއްބެވެ. އައީ އަޒަލް ޒާހިރާއި ސާއިނާ ރަޝީދެވެ.

ގަދަ 5 ގައި ދެން ހިމެނެނީ ތަލްސީމް އަބްދުލް ކަރީމާއި ނައުޝާދު އަބްދުއްލަތީފެވެ.