Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ނޫރާނީގެ ދަރިވަރުންނަށް ޓްރެފިކާ ބެހޭ މައުލޫމާތު

ހިތަދޫ ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް ޓްރެފިކާ ގުޅޭ ގޮތުން ފުލުހުން ދީފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ސެޝަންގައި މަޢުލޫމާތު ދީފައި ވަނީ ނޫރާނީ ސްކޫލުގެ ގްރޭޑް 1-4ށް ތަޢުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށެވެ.

ނޫރާނީ ސްކޫލުގެ 40 ދަރިވަރުން ބައިވެރިވި ސެޝަންގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭ ގޮތުންނާއި ޓްރެފިކް ނިޝަންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެ

އެވެ. މީގެ އިތުރުން މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭ ގޮތުން ވެސް ސެޝަންގައި މަޢުލޫމާތު ދީފައިވެ އެވެ.