Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ބޭންގް ބޭންގް" ގައި ރިތިކް އާއި ކެޓްރީނާ

ރިތިކް ރޯޝަން އާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ ސިދާތު އާނަންދުގެ "ބޭންގް ބޭންގް" ގެ ޝޫޓިން އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއީ 2011 ވަނަ އަހަރު ރިލީޒްވި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަށް ފަހު ރިތިކް އާއި ކެޓްރީނާ އެކުގައި މަސަައްކަތް ކުރާ ދެވަނަ ފިލްމެވެ. "ބޭންގް ބޭންގް" އަކީ ޓޮމް ކްރޫޒާއި ކެމެރޮން ޑައަޒް ލީޑް ރޯލުން ފެނިގެން ދިޔަ 2010 ވަނަ އަހަރު ރިލީޒްވި "ނައިޓް އެންޑް ޑޭ" ގެ ރީމެކިންއެކެވެ.

އެހެންވެ "ބޭންގް ބޭންގް" ގައި ރިތިކް އާއި ކެޓްރީނާ ފެނިގެން ދާނީ މީގެ ކުރިން އެ ދެ ތަރިން ފެނިގެން ގޮސްފައިވާ ނުވާ ފަދަ އެކްޝަންތަކާ އެކުގަ އެވެ.

"ސަލާމް ނަމަސްތޭ"، "ބަޗްނާ އޭ ހަސީނޯ" އާއި "އަންޖާނާ އަންޖާނީ" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ސިދާތުގެ "ބޭންގް ބޭންގް" ގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ "ކަހާނީ" ގެ ޑައިރެކްޓަރު ސުޖޯއި ގޯޝް އާއި ސުރޭޝް ނައިރް އެވެ. ފިލްމްގެ ޑައިލޮގް ލިޔެފައި ވަނީ "ޖާނޭ ތޫ ޖާނޭ ކިއު" ގެ ޑައިރެކްޓަރު އަައްބާސް ޓައިރޭވާލާ އެވެ.

"ބޭންގް ބޭންގް" ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އާއި ޔޫރަޕްގެ ގައުމުތަކުގަ އެވެ.