Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ސަދަމްޓަން ބަލިކޮށް ޗެލްސީ ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި ޗެލްސީ އާއި ސަދަމްޕްޓަން ބައްދަލުކުރި މެޗު 0-2 އިން ޗެލްސީ ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ލީގު ތާވަލުގެ ވެސް ފުލުގައި އޮތް ސަދަމްޓަން މެޗަށް ނިކުތީ ރެލިގޭޝަނާ ކުރިމަތިލަމުންނެވެ. ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފުރަތަމަ ހާފުގައި ފެނިގެން ދިޔައިރު މެޗުގައި ޗެލްސީން ޖެހި ދެގޯލު ވެސް ޖަހާފައިވަނީ ފަހު ހާފުގައެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު ޖަހާދިނީ 63 ވަނަ މިނެޓުގައި ޖިރޫއެވެ. ފަހު ގޯލު 82 ވަނަ މިނެޓުގައި މޮރާޓާ ޖަހާފައިވާއިރު ސަދަމްޓަންއަށް ވަނީ މޮރާޓާގެ ލަނޑާއެކު މެޗު ގެއްލިފައެވެ.

ފައިނަލުގައި ޗެލްސީ ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ. މި ދެޓީމު އެންމެ ފަހަކަށް އެފްއޭ ކަޕް ފައިނަލުގައި ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތަށި ނެގީ ޖޯސޭ މޮރީނިއޯގެ ޗެލްސީ އިންނެވެ.