Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ޕްރިމިއާ ލީގްގެ މޮޅު ކުޅުންތެރިޔަކަށް ސަލާހް

އިނގިރޭސި ޕްރިމިއާ ލީގުގެ މިސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ހޯދައިފިއެވެ.

މި މަގާމް ސަލާހް ހޯދާފައިވަނީ ލީގު ޗެމްޕިއަން، މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރުއޭނާ އާއި ލިރޮއި ސާނޭ، ސްޕާސްގެ ހެރީ ކޭން އަދި ޔުނައިޓެޑުގެ ޑޭވިޑް ޑެހެއާ ވާދަކޮށްގެންނެވެ.

އެވޯޑު ހާސިލުވުމުން ސަލާހް ބުނެފައިވަނީ މިފަދަ އެވޯޑެއް ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ހިތްވަރެއް ކަމަށެވެ. އަދި ކުޅުންތެރިން އޭނާއަށް ވޯޓު ދިނީތީ އުފާ ކުރާ ކަމަށް މިސްރުގެ ޒުވާން ފޯވާޑް ބުނެފައިވެއެވެ.

ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ލީރޮއި ސާނޭއެވެ. އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ޗެލްސީގެ ކާބީއެވެ.