Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަށް އުދަ އަރައިފި

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ. މަޑަވެލި އަދި ހޯޑެއްދޫ ދެމެދުގައި ހަދަމުން އަންނަ ކޯޒްވޭއަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖެއެވެ.

ބިޔަ ރާޅުތަކުގެ ސަބަބުން ކޯޒްވޭގައި ޖަހާފައިހުރި ބައެއް ވެލި ބަސްތާތައް ވަނީ ގާތަކާއެކު ދޫވެގެން ގޮސްފައެވެ. އޭގެ ސަބަބުން ކޯޒްވޭއަށް ރާޅު އަރާފައިވާއިރު އިތުރު ބައެއް ގެއްލުންތައް ވަނީ ކުރިމަތި ވެފައެވެ.

އުދަ އަރަމުންދާތާ ދެ ދުވަސް ވެފައިވާ ކަމަށާއި އުދަ އެރުމުގެ ސަބަބުން ރަށަށް ވެސް ގެއްލުންތަކެއް ވެފައިވާ ކަމަށް ހޯޑެއްދޫ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ކައުންސިލްގެ ރައީސް މިކަމާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ މިއީ ރަނގަޅަށް ދިރާސާ ނުކޮށް ކަންކުރުމުން ވީ ގޮތް ކަމަށެވެ. އަދި އޭގެ ސަބަބުން ރަށު ތެރެއަށް ވެސް ލޮނުގަނޑު ވަންނަމުން ދާ ކަމަށް އޭނާ ބުންޏެވެ.