Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

ފޮޓޯ: ހުސެއިން ސިނާން

ރޭ މާލޭގައި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

މި ހާދިސާގައި ފުލުސް މީހާގެ ބުރަކައްޓާއި ކަނދުރާ އަށް ވަނީ ތޫނު އެއްޗެއް ހަރައިފަ އެވެ.

ފުލުސް މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ބުނެފައިވަނީ ހަމަލާ ދީފައިވަނީ ޑިއުޓީގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

ކާނިވާ ސަރަހައްދުން ފުލުސް މީހާއަށް ހަމަލާ ދީފައިވާއިރު އޭނާގެ ގައިގައި ތަޅައި މާރާމާރީވެސް ވަނީ ހިންގާފައެވެ. ފުލުހުން ވަނީ މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.