Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"އައްނޫރުލް މުބީން" އަށް މުއްދަތު އިތުރުކޮށްފި

ސްކޫލް ކުދިންގެ ޤުރުއާން މުބާރާތުގެ ތެރެއިން - ފޮޓޯ: ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު

'އައްނޫރުލް މުބީން' ބައިނަލްއަގްވާމީ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ މީހަކު ހޮވުމަށް ބާއްވާ ތަޞްފިޔާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް މި އަހަރުގެ މޭ މަހުގެ 11 އިން 17 ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލު ކުރާނެ ފަރާތެއް ހޮވުމަށް އިއުލާންކޮށްފަ އެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރީ މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ މީހަކު ހޮވުމަށް އަންނަ މެއި މަހުގެ އެއްވަނަ ދުވަހު ބާއްވާ ތަޞްފިޔާގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ ކަމަށެވެ.

އެގޮތުން އެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމަށް ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ 26 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށެވެ.

އެ އިއުލާނުގައިވާ ގޮތުން މި މުބާރާތުގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަން އެނގޭ މީހަކަށެވެ.

މިއީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން ބާއްވާ މުބާރާތެކެވެ.