Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ހުޅުމާލޭގައި މީރާގެ ބްރާންޗެއް ހުޅުވައިފި

ހުޅުމާލޭގައި މީރާގެ ބްރާންޗެއް ހުޅުވައިފި - ފޮޓޯ: މީރާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއަދު މީރާގެ ހުޅުމާލޭ އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ.

މީރާގެ ހުޅުމާލޭ ބްރަންޗް ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ކޮމިޝަނަރ ޔަޒީދު ވިދާޅުވީ މީރާގެ ހުޅުމާލެ ބްރާންޗް އަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ.

ޔަޒީދު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އަތޮޅު ތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ކަމަށެވެ.

އޭގެ ތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާކަމަށް ޔަޒީދު ވިދާޅުވި އެވެ.