Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

އަމީތާބްގެ ނަމުގައި ސްކޮލަޝިޕް ސްކީމެއް!

ބޮލީވުޑްގެ ސްޕަސްޓާ އަމިތާބް ބައްޗަންގެ ނަމުގައި ސްކޮލަޝިޕް ސްކީމެއް ތައާރަފް ކުރަން އޮސްޓްރޭލިއާގެ ލަ ޓްރޯބް ޔުނިވަސިޓީން ނިންމައިފި އެވެ.

މިކަން ރަސްމީކޮށް އިއުލާން ކުރަން ނިންމާފައި ވަނީ އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން ފިލްމް ފެސްޓިވަލް އޮފް އޮސްޓްރޭލިއާ (އައިއެފްއެމްއެމް) އަށް ފަހު އެވެ.
އަމީތާބްގެ ނަމުގައި މެލްބަންގެ ލަ ޓްރޯބް ޔުނިވަސިޓީން ސްކޮލަޝިޕް ސްކީމެއް ތައާރަފް ކުރަނީ "ޝްރީ އަމީތާބް ބައްޗަން ސްކޮލަޝިޕް" ގެ ނަމުގަ އެވެ. މި އެ ފެސްޓިވަލްގެ ހާއްސަ މެހުމާނެއްގެ ގޮތުން 70 އަހަރުގެ އަމީތާބް ބައިވެރި ވާނެ އެވެ.

އައިއެފްއެމްއެމްގެ ތެރޭގައި ޓްރޯބް ޔުނިވަސިޓީން އަމީތާބަށް ގުޑްވިލް އެމްބެސެޑާގެ އެވޯޑް ވެސް އަރުވާނެ އެވެ. މީގެ ކުރިން ބޭރުގެ ބައެއް ޔުނިވަސިޓީތަކުން ޑޮކްޓަރޭޓްގެ ޝަރަފް އަރުވާފައިވާ އަމީތާބަށް އެ އެވޯޑް ހަވާލް ކުރާނީ ޓްރޯބް ޔުނިވަސިޓީގެ ވައިސް ޗާންސެލަރެވެ.

މީގެ އިތުރުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސިޓީގެ ސަރުކާރުން "އިންޓަނެޝަނަލް ސްކްރީން އައިކަން" އެވޯޑް ވެސް އައިއެފްއެމްއެމްގެ ތެރޭގައި އެރުވުމަށް ވަނީ ނިންމާފަ އެވެ.