Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

މައިލޯ ކަލާސް އެވޯޑް ނަބާހާ އަށް

ރޭ ކަލާސް އެވޯޑް ހާސިލް ކުރި ނަބާހާގެ އެވޯޑު އޭނާގެ މަންމަ ހަވާލުވަނީ. ފޮޓޯ: މިހާރު

ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ސްކޫލް ދަރިވަރުންނަށްދޭ "ނެސްލޭ މައިލޯ ކަލާސް އެވޯޑް" މިފަހަރު ބެޑްމިންޓަން ޗެމްޕިއަން ފާޠިމަތު ނަބާހާ ހޯދައިފިއެވެ.

ރޭ ބޭއްވި ކަލާސް އެވޯޑު ހަފްލާގައި ނަބާހާއަށް އެވޯޑު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ. ނަބާހާ ވަނީ އައުޓް ސްޓޭޑިންގ އެޗީވްމަންޓް ވެސް ހޯދާފައެވެ.

އައުޓް ސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދި އެހެން ދަރިވަރުންނަކީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމްއާއި، ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްއެވެ.

މިއަހަރު މައިލޯ ކަލާސް އެވޯޑު ހަފްލާގައި އެކި ކުޅިވަރުތަކުން ރަންވަނަ ހޯދި 180 ދަރިވަރަކަށް ވަނީ އެވޯޑް ދީފައެވެ. މީގެއިތުރުން 8 ދަރިވަރަކަށް ވަނީ ސްކޮލަރޝިޕްވެސް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ސްކޫލްތަކުގައި ހިމެނި ކާމިޔާބީ ހޯދި ދަރުވަރުން ހިމެނެއެވެ.