ނިވާކަން ކުޑަ ހެދުމުގައި ބޭއްވި "މޯލްޑިވްސް ޓޮޕް މޮޑެލް"ގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ހިގައިދިޔަ ގޮތް ފުލުހުން މެދުވެރިކޮށް ބަލަމުންދާކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މި މައްސަލަ ބަލަމުންދާކަމަށް ބުނެފައިމިވަނީ މި ޝޯވގެ ބައެއް ބައިވެރިން ނިވާކަން ކުޑަހެދުމުގައި ހަރަކާތްތެރިވި މަންޒަރުގެ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެ، ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ.
ހީއެންޑްޝީގެ ފަރާތުން ބޭއްވި މި ފެޝަން ޝޯވ ކުރިއަށް ގެންގޮސްފައިވަނީ އަދާރަން ސެލެކްޓް ހުދުރަންފުށި މޯލްޑިވްސްއިން މެއިން ސްޕޮންސާރކޮށް އެރިސޯޓުގައެވެ.